އިސްރާއީލްގެ އިސްތިޢުމާރީ ބާރުތަކުން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މާލޭގައި މިއެއްވުން އޮންނާނީ މާދަމާ ހަވީރު 4:30 ހާއިރު މާފަންނު ޓާފު ދަނޑުގައެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެެހެނިހެން ފަރާތްތައް އެކުވެ ކުރިއަށް ގެންދާ މިއެއްވުމަކީ ޣައްޒާ ހިޞޯރުކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއްކަމަށް މިކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ފަލަސްޠީނުގެ ހައްޤުގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު އެއް ހަރަކާތަށް ވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ކޮމެޓީގެ މެންބަރުން މައުލޫމާތު ދެއްވަނީ… ފޮޓޯ: ވޮއިސް
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު އެއްވުން އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ 50 ހަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނޭކަމަށް އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން ބުނެ އެވެ.
"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" މޫވްމަންޓުން ވަނީ ޣައްޒާ އަޅުވެތިކުރުމާ ދެކޮޅަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ.

