އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ދްރޫޕާދީ މުރްމޫ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުއި، އިންޑިއާ އަކީ ދިވެހިރާއްޖޭގެ އިތުބާރުކުރެވޭ ތަރައްގީގެ ޕާޓްނަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާގެ އިސް އޮފިޝަލުން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރުމަށާއި، ދިވެހި އޮފިޝަލުން އިންޑިއާ އަށް ދަތުރުކުރުމަށް ލިބޭ ދައުވަތުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިސިފަކުރައްވައި އަދި ދެ ގައުމުގެ އިސްވެރިންގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ އިތުރުން ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް އިހުލާސްތެރިކަމާއިއެކު ބަލައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާގައި ކޮންމެ އަހަރަކުވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހަކީ 1947 ވަނަ އަހަރު އޭރު އިންޑިއާގައި އިނގިރޭސިވިލާތުން ކުރަމުންއައި ވެރިކަން ނިމުމަކަށް އައިސް އަމިއްލަ މިނިވަންކަން ލިބުުނު ދުވަހެވެ.

