މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މަސްވެރިން ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް،(ބީއެމްއެލް)އިން ލޯނު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 25 މަސްވެރިން ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ.
މަސްވެރިންގެ ގައުމީ ދަފްތަރުގައި 305 އުޅަނދެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

