ހަފުތާގެ ރިޕޯޓް: ރައީސްގެ ބ. އަތޮޅު ދަތުރުފުޅު؛ ޔަގީންކޮށްދެއްވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނެތި، ކަންކަން ފުރިހަމަ ކޮށްދެއްވާނެކަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުންވެސް ރައްޔިތުންނަށް އެތައް އުންމީދުތަކަކާއި އުފާވެރި ޚަބަރުތަކެއް ގެނެސްދެއްވައެވެ. މި ސިލްސިލާގެ ތެރެއިން، ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީވެސް އެ އަތޮޅުގެ ރައްޔިތުންނަށް އުންމީދީ ޚަބަރުތަކެއް ލިބިގެންދިޔަ، ހަމަހަމަ ތަރައްޤީއެއްގެ ޔަޤީންކަން ދެއްވި މުހިންމު ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސިޔާސަތުތައް ހިއްސާކުރައްވާފައެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ބ. އޭދަފުށީގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ދަތުރުފުޅުގެ އުސްއަލިތައް
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވަޑައިގަތީ ބ. ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށެވެ. މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން ވަރަށް ތަފްޞީލުކޮށް މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރަށްރަށުގައި ނިމިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާޙުކުރައްވައި، އަދި އައު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިފިއެވެ.
ޚާއްޞަކޮށް، ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި އައު ހޮސްޕިޓަލްތަކެއް އެޅުމަށް ވަނީ އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ރަށްގިރުން ހުއްޓުވުމުގެ މަޝްރޫޢުތައްވެސް ހިމެނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވި އިރު، ސްކޫލް އިމާރާތްތައް އެޅުމާއި މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އިސްކަންދެއްވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް ކަމަށެވެ. މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި އިސްކަންދެނީ، މިހެން ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެކުޑަވިޔަސް، އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މިކަންކަން ކޮށްދިނުމަށް މި މަސައްކަތް ކުރަނީ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އިސްކަންދެއްވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް ކަމަށެވެ. މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި އިސްކަންދެނީ، މިހެން ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެކުޑަވިޔަސް، އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މިކަންކަން ކޮށްދިނުމަށް މި މަސައްކަތް ކުރަނީ."
ރަށްރަށަށް ދެއްވި ޚާއްޞަ ޔަގީންކަމާއި ވަޢުދުފުޅުތައް
ބ. ކަމަދޫ
ރައީސްވަނީ ބ. ކަމަދޫގެ ރައްޔިތުންނަށް ޔަޤީންކަން ދެއްވަމުން ވިދާޅުވެފައިވަނީ "ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ކަމުގެ ޔަޤީންކަން."
- ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. ކަމަދޫގެ ތަރައްޤީ ހަމަހަމަކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައި
- ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއާއި، ފުޓުބޯޅަދަނޑުގެ މަސައްކަތްތައް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައި
- ރަށުގެ މަގުހެދުމުގެ މަޝްރޫޢު، ބަނދަރު ހެދުން އަދި ގިރާ ސަރަޙައްދުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައި
- ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި
- ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފެންވަރުގެ އިމާރާތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައި
- ސީޕްލޭންގެ ޚިދުމަތް ފެށުމުން ރަށަށް ވަރަށް ބޮޑު އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައި
- ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައި
ބ. ކުޑަރިކިލު
ރައީސް ކުޑަރިކިލު ސްކޫލުގައި ބޭއްވެވި ބައްދަލުވުމެއްގައި، އިންތިޚާބުގެ ތެރޭގައި އެ ރަށަށް ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަކުރެއްވުމަށް މަގުފަހިވެފައިވާކަން އިޢުލާނުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހޯއްދަވާފައިވާ ހައްލުތަކުގެ މަޢުލޫމާތު ދެއްވިއެވެ.
- ފެނާއި ނަރުދަމާގެ މަޝްރޫޢު އޮގަސްޓު މަހު ފެށި، 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
- މަގުހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށް، ފެނާއި ނަރުދަމާގެ މަޝްރޫޢާއެކު ކުރިއަށްދާނެއެވެ.
- ސްކޫލްގެ މަސައްކަތް ނިމުމުން މަލްޓި ޕަރޕަސް ހޯލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
- ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައި، ޚިދުމަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
- އައު މިސްކިތެއް އެޅުމާއި، ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.
ބ. ކެންދޫ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް އެފަދަ މަޝްރޫޢުތައް ބައްޓަންކޮށް، ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނާ އަދި ސަރުކާރުގެ ފަލްސަފާ ކަމަށެވެ.
- ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީ، ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަކީ ސަރުކާރުގެ ފަލްސަފާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
- ކައުންސިލްތަކުން ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
- ކައުންސިލް ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ނުވަދެވޭގޮތަށް ގެނައި ޤާނޫނީ އިސްލާހަކީ އަމިއްލަ ވިޔަފާރިވެރިން ހިމާޔަތްކުރުމަށް ގެނައި ބަދަލެއް ކަމަށް ވިދާޅުވިއެވެ.
- ކެންދޫގެ ތަރައްޤީއަށް 10 ވަޢުދެއް ވެވަޑައިގެންނެވިއިރު، އޭގެ ތެރޭގައި ޞިއްޙީ، ތަޢުލީމީ އަދި ކުޅިވަރުގެ މަޝްރޫޢުތައް ހިމެނެއެވެ.
- ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރައްވައި، ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ނިންމަވައިފިއެވެ.
ބ. އޭދަފުށި
އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު ހަނދާނެއް ނުނެތޭ އިނގޭތޯ އެއްވެސް ވަޢުދެއް. ލިޔެވިފައި ހުންނާނެ. އެއަށް އަޅުގަނޑުމެން މިދަނީ ރެއާ ދުވާލު މަސައްކަތް ކުރަމުން. ސަރުކާރުގެ މުޅި ޓީމުގެ މަސައްކަތަކީ އަޅުގަނޑުގެ ވަޢުދުތައް ފުއްދަން މަސައްކަތް ކުރުން."
- ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.
- އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށާއި، އަދި ބަނދަރުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.
- އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި ޔޫ.އެސް ޑޮލަރުގެ އޭ.ޓީ.އެމްއެއް މި އަހަރު ޤާއިމުކުރައްވާނެ ކަމަށް އިޢުލާނުކުރެއްވިއެވެ.
- އޭދަފުށީގައި ކޮންވެންޝަން ސެންޓަރެއް އަންނަ އަހަރު އަޅަން ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
- މިއަންނަ އަހަރުގެ ބަޖެޓް ހަދާއިރު، ޚާއްޞަ ނިއު ޕޮލިސީ އިނިޝިއޭޓިވް ޕްރޮގްރާމެއްގެ ދަށުން، ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔޫޓިލިޓީޒްތަކާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދިނުމުގެ މަޝްރޫޢެއް ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.
- އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށިފައިވާއިރު، އަދި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނުކަން ފާހަގަކުރެއްވިއެވެ.
ބ. ފެހެންދޫ
ރައީސުލްޖުމްހޫރިއްޔާ ފެހެންދޫގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކިތަންމެ ކުޑަ ރަށެއްގައިވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
- ފެހެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އަވަހަށް ނިންމައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަތެވެ.
- ސްކޫލްގެ މަތީ ގްރޭޑްތަކަށް ޓީޗަރުން ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
- ސިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް މި އަހަރު ފައްޓަވާނެކަމަށް އިޢުލާނުކުރެއްވިއެވެ.
- ޖެޓީގެ މައްސަލައާއި ރަށްގިރުމުގެ މައްސަލަ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ.
ބ. ތުޅާދޫ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށް ހާއްސަ އިޢުލާންތަކެއް ކުރެއްވިއެވެ.
- ތުޅާދޫގައި އަންހެނުންނަށް ޚާއްސަ ހޭންޑްބޯޅަ ކޯޓެއް ވަރަށް އަވަހަށް އަޅަން ފަށާނެކަމަށް ،މިއީ ތުޅާދޫގެ އަންހެން ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށް ރައީސް ފާހަގަކުރެއްވި
މީގެ އިތުރުން މިހާރު ހުރި ފުޓްސަލް ދަނޑުގެ ބަދަލުގައި ސައިޒު ބޮޑު އައު ފުޓްސަލް ދަނޑެއް މިއަހަރު ތެރޭގައި އަޅަން ފަށާނެކަމަށް ވިދާޅުވިއެވެ.
ބ. ފުޅަދޫ
ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެރަށަށް ހާއްސަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ބ. ފުޅަދޫ ބޭންކް އޮފް މޯލްޑިވްސްގެ އައު އޭޓީއެމް ހުޅުއްވައިދެއްވުމަށް ވަޑައިގެންނެވުން
- ފެނާއި ނަރުދަމާގެ މަސައްކަތް އޯގަސްޓް މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ.
- އަންނަ އަހަރު 2026 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމަށް ހިމެނުމަށް ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ.
- ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް މި އަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވުމާއި، 2026 ގައި އައު މިސްކިތެއް އެޅުމަށް ރޭވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
- ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާ ހަވާލުކުރުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
- ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމުގެ ޔަގީންކަން ދެއްވިއެވެ.
ބ. ކިހާދޫ
ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.
- ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ސޮއިކުރެވިފައިވާ ކަމަށާއި، ސައިންސް ލެބް އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.
- ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ބަޖެޓްކުރެވި، އިންޖީނުގެ ބަދަލުކުރުމާއި ފެނަކައިގެ އާ އިމާރާތުގެ މަސައްކަތް އަވަހަށް ފެށޭނެކަމަށް ވެސް ވިދާޅުވިއެވެ.
- މި އަހަރު އެމްބިއުލާންސް ހޯދައިދެވި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އަންނަ އަހަރު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
- ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް އިޢުލާނުކުރެއްވިއެވެ.
ބ. ދޮންފަނު
ރައީސް ދޮންފަނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތަކުގެ ތަފްޞީލު ދެއްވިއެވެ.
- ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް، ރާއްޖެއިން ބޭރުން ނަމަވެސް މުވައްޒަފުން ހޯދައި އަވަހަށް މަސައްކަތް ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
- ދޮންފަނު ސްކޫލްގެ 6 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ބަނދަރު ނެރު ބަދަލުކުރުމާއި ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނުކަން ފާހަގަކުރެއްވިއެވެ.
- ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުވެ، ބިމުގެ ދަތިކަމަށް ހައްލު ލިބި، މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރެވޭނެކަމަށް ވިދާޅުވިއެވެ.
- ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑު ފުރިހަމަކޮށް، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ދަނޑެއް ހެދުމާއި، އަންނަ އަހަރު ވޮލީ ކޯޓަކާއި ފިޓްނަސް ސެންޓަރެއް ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.
ބ. ދަރަވަންދޫ
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ވިސްނުމަށް ޖާގަދީ، އޭގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެކަމަށެވެ.
- ލާމަރުކަޒީ ނިޒާމަށް ގެނެވޭ އިސްލާހުތަކަކީ ރައްޔިތުން ބާރުވެރިކުރުވުމަށާއި ކައުންސިލްތަކަށް ފައިދާވާނެ ގޮތަށް ގެނެވޭ ބަދަލުތަކެއްކަން ފާހަގަކުރެއްވިއެވެ.
- ޒިންމާދާރު ކައުންސިލްތަކާއެކު ވަޢުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެކަމަށާއި، ދެފުށްފެންނަ ޕްރޮފެޝަނަލް ނިޒާމެއް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވާކަން ހާމަކުރެއްވިއެވެ.
- ބ. ދަރަވަންދޫގެ ތަރައްޤީއަށް އަތޮޅު މަދަރުސާގެ 8 ކްލާސްރޫމާއި، އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢު ފެށިގެންދާކަން އިޢުލާނުކުރެއްވިއެވެ.
- ރަށުގެ ޞިއްޙީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއަށް އިތުރު ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
- މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
- ދަރަވަންދޫ އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމަށާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކޮށްގެން އެއަރޕޯޓް އަވަހަށް ތަރައްޤީކުރެއްވުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ.
- ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ބ. ގޮއިދޫ
ގޮއިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ.
- ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކޮށް، މި އަހަރު ތެރޭގައި މަސައްކަތް ފެށުމާއި، އަންނަ އަހަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.
- އިންޖީނުގޭގެ މައްސަލަތައް ޙައްލުކުރުމާއި، ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ނިންމުމާއެކު، މަލްޓި ޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ވިދާޅުވިއެވެ.
- މި އަހަރު ތެރޭގައި ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމާއި، ފުޓުބޯޅަ ދަނޑަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ފެށޭނެކަމަށް އިޢުލާނުކުރެއްވިއެވެ.
- އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމާއި، ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މި މަސް ނިމުމުގެ ކުރިން ސޮއިކުރުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.
- ގޯތި ދޫކުރުމުގެ ހުއްދަ ދެއްވުމާއެކު، ބީ.އެމް.އެލްގެ އޭ.ޓީ.އެމް ޚިދުމަތް ފެށުމާއި، ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.
ބ. ހިތާދޫ
ޢާންމު ފަރުދުންގެ މުއްސަނދިކަން އިތުރުވެ، މުޅި ރަށަށް ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ލެބޯޓްރީގެ ޚިދުމަތްތަކާއި ޑަޔަލިސިސް ޚިދުމަތާއި އެހެނިހެން ކަންކަންވެސް ފުރިހަމަވާގޮތަށް ސިއްޙީ މަރުކަޒުގެ މަޝްރޫޢު ކުރިއަށްގެންގޮސް ނިންމާނޭކަމަށް، ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަޤީންކަން އަރުވަން."
- ހުރިހާ ވަސީލަތެއް ފުރިހަމަވާގޮތަށް ބޮޑު ފުޓްބޯޅަ ދަނޑެއް މި އަހަރު ތެރޭގައި އެޅުމުގެ މަސައްކަތް ފެށޭނެއެވެ.
- ދަނޑުގެ މަސައްކަތުގައި ސަބްބޭސް، ވަށާފާރު އަދި ލައިޓް ހިމެނޭގޮތަށް އެއް ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
- މި އަހަރު ތެރޭގައި ވޮލީ ކޯޓެއް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށޭނެއެވެ.
- އައުޓްޑޯ ޖިމްއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށޭނެއެވެ.
- ޓޫރިޒަމަށް ދީފައިވާ މާމަޑުއްވަރީ އެއްބަސްވުން އުވާލައި ހިތާދޫއަށް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ
- ރަށުގެ މަގުތައް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
- ސްކޫލަށް ޖާގަ އިތުރުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
- ސިއްޙީ މަރުކަޒަށް އައު ޚިދުމަތްތައް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ބ. މާޅޮސް
މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަށް ހާއްސަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ވާހަކަ ދައްކަވާފައެވެ.
- ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ބޮޑުހިލަ ޖެހުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
- މާޅޮހު ބަނދަރުގެ މަސައްކަތް އަވަސްކުރެވި، އިތުރުކުރެވޭ ބިމުގައި އިންޖީނުގެ ބަދަލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.
- ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު ނިމުމުން އިތުރު ވަސީލަތްތައް ލިބި، ފުޓުބޯޅަ ދަނޑާއި ފިޓްނަސް ސެންޓަރުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވިދާޅުވިއެވެ.
- ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރައްޔިތުން އެދޭގޮތަކަށް ތަރައްޤީކޮށްދެއްވުމަށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
- މާޅޮހުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތާއި، ފުލުހުންގެ މަރުކަޒު އަދި އައު މިސްކިތުގެ މަސައްކަތް ވަނީ ފެށިފައިވާކަން ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު އިސްކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަވެގެންދިޔަ ދަތުރުފުޅެކެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިސްކަން ދެއްވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މި އިސްކަންދެނީ، މިހެން ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެކުޑަވިޔަސް، އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މިކަންކަން ކޮށްދިނުމަށް މި މަސައްކަތް ކުރަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ޚިދުމަތް ފެށި އޭޓީއެމްތަކާއެކު، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ޤާއިމްކޮށް ވަނީ ނިމިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން އަހަންމިއްޔަތުކަންދޭ ސިޔާސަތެކެވެ. ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުން އެކަން އިތުރަށް ހާމަވެ، ރައްޔިތުންނަށް އުންމީދާއި ހިތްހަމަޖެހުން ލިބިގެންދިޔައެވެ.














