ގައިގައި ބަނދެގެން، ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅުނު ވާހަކައަކީ ދޮގެއް ކަމަށް ބައްޕަ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރަށްވާފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ރޭ މެލޭޝިއާގެ ކުއަލަލަމްޕޫރުން މާލެ އައި އެއާ އޭޝިއާ އޭކޭ072 ފުލައިޓުން މާލެ އައި ޕަސިންޖަރުންގެ ތެރެއިން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމްގެ ލަގެޖާއި ހަށިގަނޑުން ގިނަ އަދަދެއްގެ ވޭޕް ފެނިފައިވާކަމަށެވެ.
އެ ޚަބަރުތަކާ ގުޅިގެން މިނިސްޓަރ ޑރ. ޝަހީމް ވަނީ އެކަން އެކްސް މެދުވެރިކޮށް ދޮގު ކުރައްވާފައެވެ.
މިނިސްޓަަރ ޝަހީމް އިތުރަށް ވިދާޅުވީ ދަރިފުޅު މާހިލްއަކީ މެލޭޝިއާގެ އެމްބަސީގައި ވަޒީފާގައި ހުންނަ މީހެއް ނޫންކަމަށެެވެ. އަދި ޚަބަރުތައް ރަނގަޅު ކުރުމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

