އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
އޮގަސްޓް 11 ވަނަ ދުވަހު މ. ކުނޫޒު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސެމްސަންގ ގެލެކްސީ އެސް25 އަލްޓްރާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 650632
އޮގަސްޓް 9 ވަނަ ދުވަހު އެމްއެމްއޭ ކައިރި ޕާކިންޒޯނުގައި ހުރި ސައިކަލެއްގެ ވަށިގަނޑުން ފެނިފައިވާ ކަޅުކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 650383
އޮގަސްޓް 8 ވަނަ ދުވަހު ރަސްފަންނުން ހޮވައިގެން ގެނެސްފައިވާ އެޕަލް ބްރޭންޑުގެ ގަޑިއެއް. އިންސިޑެންޓް ނަންބަރު 650696
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުން ވަނީ އެދިފައެވެ.
ގަލޮޅު ޕޮލިސް
އޮގަސްޓް 7 ވަނަ ދުވަހު އާރުކޭއެލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަޓްއޮފް މެޝިނެއް. އިންސިޑެންޓް ނަންބަރު 650184
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި، އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
އޮގަސްޓް 10 ވަނަ ދުވަހު އެޗް 8 ގްރައުންޑު ފްލޯއިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރު 650547
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

