ލ. ކައްދޫގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން މިރޭ 19:18 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި ކަފިހި ހުރަހުން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި، ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން، ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ، ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން ތިބި ދެ މީހުންނާ ގުޅޭ ތަފްސީލު ވެސް ފުލުހުން ހާމައެއް ނުކުރެެއެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

