ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ބުނީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މި އޮގަސްޓްމަހުގެތެރޭގައި ފެށޭނެކަމަށެވެ.
އަދި 1 އަހަރުތެރޭގައި 55 ކައުންސިލް އިމާރާތްކޮށް ނިންމާނެކަމަށްވެސް މިނިސްޓްރީން ބުނިއިރު، މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ޖުމުލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ސަރުކާރުން ފަށަން ނިންމާފައިވާ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް އެ އެއްބަސްވުން ފަހުން ބާތިލުކުރިއެވެ.

