މިއަދުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.އެ
މިގޮތުން މިއަދުގެ 10:00 އިން 11:00 އަށް އިސްރަށްވެހިންނަށް ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ޚާއްސަ ހޭންޑީ ކްރާފްޓް ކުލާހެއް އެދުވަހުގެ 16:15 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.
18 އޮގަސްޓު ވާ ހޯމަ ދުވަހުގެ 10:00 އިން 11:00 އަށް ވެސް ނާދީގައި ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި 16:15 އިން 17:45 އަށް ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނުން ކުރިއަށް ގެންދާ ދުޅަހެޔޮ ދޮށީ އުމުރަކަށް މިންހެޔޮ ކާނާއާއި ގުޅޭ ސެޝަނެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
19 އޮގަސްޓު ވާ އަންގާރަ ދުވަހުގެ 10:00 އިން 11:00 އަށް ވެސް ނާދީގައި ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި މިދުވަހުގެ 16:15 އިން 18:00 އަށް އިސްރަށްވެހިންނަށް ޚާއްސަ އާޓް ކުލާހެއް ކުރިއަށްދާނެއެވެ.
އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުވެސް 10:00 އިން 11:00 އަށް ނާދީގައި ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި 16:15 އިން 17:15 އަށް އިސްރަށްވެހިންނަށް ހާއްސަ ސެލްފް ކެއަރ ސެޝަނެއް ކުރިއަށްދާނެއެވެ. ހަމައެހެންމެ، 17:30 އިން 18:00 އަށް ނާދީ މެންބަރުންގެ ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ.
21 އޮގަސްޓު ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން 11:00 އަށް ވެސް ނާދީގައި ކުރިއަށްދާނީ ޤުރުއާން ކުލާހެވެ. އަދި މިދުވަހުގެ 16:15 އިން 17:30 އަށް އިސްރަށްވެހިންނަށް ޑިޖިޓަލް ލިޓްރަސީ ސެޝަނެއް ކުރިއަށްދާނެއެވެ.
ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހުކުރު ދުވަހުގެ ހެނދުނު 06:00 އިން 08:00 އަށް މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން ހުޅުމާލެ އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެ

