މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ހަމައެކަނި މުސްލިމުންނަށް ލިބޭ ގޮތަށް ހަދައިފިއެވެ.
ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ބޭރުގެ ވަކިވަކި ފަރުދުންނާއި، ކުންފުނިތައް އަދި އެންޖީއޯ ފަދަ ޖަމިއްޔާތަކަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭނެއެވެ.
ނަމަވެސް، މައްކާ އާއި މަދީނާ ފަދަ ބައެއް ހާއްސަ ސަރަހައްދުތަކުން ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބޭރު މީހުންނަށް ދިނުމުގައި ވަކި ޝަރުތުތަކެއް އާ އިސްލާހުގައި ހިމަނައިފައިވާއިރު، އެންމެ މުހިންމު ޝަރުތަކީ މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ހަމައެކަނި މުސްލިމުންނަށް ލިބޭ ގޮތަށް ހެދުމެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސައުދީގައި އިންވެސްޓުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ.

