ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު ސްޕެއިންގެ 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުން ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކުރައްވާފައެވެ.
މި މައްސަލައިގައި އެކަށީގެންވާ މިންވަރެއްގެ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާއިރު، ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، އޭނާ މަސްތުވާތަކެތި އެތެރެ ކުރަންއުޅުނީ ލަގެޖުގައި ފޮރުވައިގެންނެވެ.
އަދި ހިފެހެއްޓުނު މަސްތުވާތަކެތި ފީލްޑް ކިޓުން ޓެސްޓުކުރުމުން ވަނީ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ.

