އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ/ އަޙްމަދު އަފްރާޙް (48) މިއަދު ފަތިހު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:50 އެހައިކަށްހާއިރު ހާލަތު ބެލިއިރު އޭނާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުމާ ގުޅިގެން އައިޖީއެމްއެޗްއަށް ގެންދެވުނު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އަޙްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. އަޙްމަދު އަފްރާޙް ހައްޔަރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ކުރިއަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙުޤީޤެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ކުރިއަށެވެ.
މި ހާދިސާގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ވަނީ ހިއްސާކޮށްފައެވެ.

