މަސައްކަތުގެ މާހައުލަކީ ޕްރޮފެޝަނަލް، ރަސްމީ ގޮތެއް ބަހައްޓަންޖެހޭ ތަނެކެވެ. ނަމަވެސް، ފަހަކަށް އައިސް ވަޒީފާގެ އިންޓަވިއުތަކުގައި ދިމާވާ މައްސަލަތަކާއި، އޮފީސް މާހައުލުގައި ފެންނަމުންދާ ނޭދެވޭ ކަންތައްތަކަކީ ކަންބޮޑުވާންޖެހޭ ކަންކަމެވެ. ވަޒީފާގެ ބާޒާރުން ބަލަނީ ލިބިފައި އޮންނަ ސަނަދާއި ތަޖުރިބާއަކަށް ނޫނެވެ. މުހިންމު ވަނީ ބޭރުފުށުގެ ސިފައާއި ކޮށްފައި މޭކަޕެވެ. ގަހަނާއާއި ސްޓައިލް މާ މުހިންމުވެ. ކަންތައް އޮތީ، ސީވީއަށް ބަލާވެސް ނުލާ މިބައިތައް ހަމަނަމަ ވަޒީފާ ޔަގީންވާ ހިސާބުގައެވެ. ރަނގަޅު ވާހަކައެކެވެ. އެކިކަހަލަ ވަޒީފާތަކަށް މުހިންމު ވާނީ އެކިކަހަލަ ކަންތައްތަކެވެ. ބަައެއް ވަޒީފާތަކަށް ސިފައާއި މޭކަމ
ވަޒީފާގެ އިންޓަވިއުތަކުގައި ދިމާވާ މައްސަލަތައް: ފަހަކަށްއައިސް ވަޒީފާގެ އިންޓަވިއުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޕްރޮފެޝަނަލް ނޫން ގޮތްތަކަށް އިންޓަވިއުތައް ބޭއްވުމެވެ. ވަޒީފާދޭ ފަރާތްތަކުން ސީވީއަށް ބެލުމުގެ ބަދަލުގައި އިންޓަވިއުގެ ނަމުގައި ކޮފީއަށް ނުވަތަ ކެއުމަށް ގޮވާލުމާއި، ވަޒީފާއާ ނުގުޅޭ ޒާތީ ވާހަކަތައް ދެއްކުން މިހާރު ވަނީ އާންމުވެފައެވެ.
މިއީ އެތައް ބައެއްގެ ޝަކުވާއެކެވެ. ބައެއް ޒުވާން އަންހެނުންނާ ސުވާލުކޮށްލުމުން އޮހިގަތީ ޝަކުވާފުންޏެކެވެ. “ވަރަށް ވަޒީފާ ބޭނުންވެގެން ދަނީ، ތެދަށް ބުނަންޏާ ވަރަށް ފަސޭހައިން ލިބޭކަހަލަ ވަޒީފާތައް އެއީ، އެކަމަކި އަބުރާއި ގަދަރާއި އިއްޒަތް ނީލަން ކިޔާފައި ލިބޭ ބަޒީފާ ބޭނުން ނުވޭ. ދިހަ އިންޓަވިއުގެތެރެއިން މިހާރު މިއުޅޭ ތަނުގެ އިތުރުން ދެން ޖެހުނީ އެންމެ ދެ ތަނެއް، ކޮންމެ ތަނަކަށްވެސް އިޝްތިހާރު ފެނިފައި އަވަހަށް ސީވީ ފޮނުވުމުން ފުރަތަމަވެސް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ގުޅައި، ފޮޓޯ ފޮނުވުމަށް އެދޭނީ. އިންޓަވިއުގެ ބަދަލުގައި ކޮފީއަށް ނުވަތަ ކެއުމަށް ދަޢުވަތު ދިނުން އާންމު، ދެން ދައްކާނީ ދެމާނަ އެކުލެވެ މޮޅުވާހަކަ، އަހަރުމެން ބޭނުމެއް ނޫން، ހެޔޮކިތަންމެ ގިނއިން ފައިސާ ދިނަސް، އެހާ ދަށު ދަރަޖައަކަށް އަހަރެމެން ނުވެއްޓޭނެ،” މިވެސް ޒުވާން އަންހެނެއްގެ ހިތުގެ އުދާސްތަކެވެ.
ވަޒީފާގެ އިންޓަވިއުތަކުގައި ޖެންޑަރ ބޭސްޑް ޑިސްކްރިމިނޭޝަންގެ ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ނޭދެވޭ ދަޢުވަތުތަކާއި، ޕްރޮފެޝަނަލް ނޫން މާހައުލުތަކަށް ގެންދިއުމާއި، މަސައްކަތުގެ މާހައުލުގައި ޖިންސު ތަފާތު ކުރުމާއި ޖިންސީފުރައްސާރައިގެ މައްސަލަތައް ހިމެނެއެވެ. ގިނަފަހަރު މިފަދަ ކަންތައް ދިމާވަނީ ބައެއް މީހުންނަށް ކަންތައް ކުރެވޭ ގޮތުންނެވެ. މަދުން ވިޔަސް މަގާމާއި މަގާމުގެ، ވަޒީފާގެ ތަރައްގީ ނުވަތަ ޕްރޮމޯޝަނަށް ދަހިވެތިވެގެން ނުވަތަ އާމްދަނީއަށްވުރެ އިތުރަށް ބޭނުންވާތީވެ ވެރިޔާ ޖަހާހާ ބެރަކަށް ނަށާ ފަރާތްތައް ދިވެހިންގެ ތެރޭގައިވެސް އުޅެއެެވެ. އަދި މިފަދަ ކަންތަކުގެ ސަބަބުން ރަސްމީ އުސޫލަކުން ގަވާއިދާއި ގޮތާއި ފޮތާއެކު އިންޓަރވިއުއަށް،ނުވަތަަ ވަޒީފާއަށް ދާ ފަރާތްތަކަށް އެފަދަ ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހިދެއެވެ. އަދި އެފަދަ ވަގުތުތަކުގައި ކެރިގެން ހިތްވަރު ކުރަން ކެރެނީ މަދުބަޔަކަށެވެ.
މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި:
- ކުންފުނިތަކުން ސާފު ސިޔާސަތުތަކެއް ގާއިމުކުރުން
- މުވައްޒަފުންނަށް ދެޖިންސުގެ ހަމަހަމަކަމާ ގުޅޭގޮތުން ތަމްރީނުތައް ދިނުން
- ރައްކާތެރި ރިޕޯޓިންގ މެކޭނިޒަމްތައް ގާއިމުކުރުން
- މިނިވަން ތަހުގީގުތަކާއި، ސިޔާސަތުތަކާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުން
އޮފީސް މާހައުލުގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެވެސް ޒިންމާއެކެވެ. ވަޒީފާގެ އިންޓަވިއުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް، ދެފަރާތުންވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ވަޒީފާގެ މާޙައުލުގައި އަބުރުވެރިކަމާއެކު މަސައްކަތްކުރަން ޖެހެއެވެ.

