މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔަލީގުލްޝަން، އުމުރުން 38 އަހަރުގެ އަހުމަދު ނަޝީދުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވި ވަގުތު ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރުމުންނެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުގަނޑެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.64 ގުރާމް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އަހުމަދު ނަޝީދު ވަނީ 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.
ކަލައިދޫ ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

