ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު، ހަތިޔާރު ނެތި ކުރާ ކުށްތަކަށްވެސް ބޮޑެތި އަދަބުތަކާއެކު ދަޢުވާކުރެވި، ގޭންގު ކުށްތައް މަދުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިދިޔަ މެއި 25 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާ ގުޅޭގޮތުން ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު ވިދާޅުވެފައިވަނީ، ކުރީގެ ގޭންގު ކުށްތަކާބެހޭ ޤާނޫނުތަކުން ގޭންގު ކުށްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ.
“ކުރީގެ ޤާނޫނުތަކުގެ ތަޖުރިބާއިން އައު ޤާނޫނު އެކުލަވާލާފައިވަނީ. ޚާއްސަކޮށް ޕްރޮސިކިޔުޝަންގެ ތެރޭގައާއި ކޯޓު މަރުހަލާގައި ހެކިންނަށް އޮތް ނުފޫޒާއި ބިރު ދެއްކުންފަދަ ތަޖުރިބާތަކާއެކީގައި މި ޤާނޫނު ގެނެވުނީ،” ނައުޝާދު ވިދާޅުވިއެވެ.
އައު ޤާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅިގެންދާނެކަމަށާއި، އެކަށީގެންވާ ހެކި ލިބި ހައިކޯޓުން އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕަކުން ހިންގާ ކުށްތައް މުޅިއެކު ހުއްޓުވާލެވޭނެކަމަށް ނައުޝާދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނުޙައްޤުން މުއްސަނދިކަން ހޯދައިގެން އުޅޭ ފަރާތްތަކުގެ މުދާ ހޯދައި، އެފަދަ ފަރާތްތަކަށްވެސް އަދަބު ދެވޭނެއެވެ.
މި ޤާނޫނުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި:
- – ޢުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާކުރެވޭނެ
- – ކުށްތަކަށް މަޢާފު ނުދެވޭނެ
- – ޕެރޯލްގެ ދަށުން އަދަބު ލުއި ނުކުރެވޭނެ
- -ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު، ހަތިޔާރު ނެތި ކުރާ ކުށްތަކަށްވެސް ބޮޑެތި އަދަބުތަކާއެކު ދަޢުވާކުރެވި، ގޭންގު ކުށްތައް މަދުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.މިދިޔަ މެއި 25 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާ ގުޅޭގޮތުން ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު ވިދާޅުވެފައިވަނީ، ކުރީގެ ގޭންގު ކުށްތަކާބެހޭ ޤާނޫނުތަކުން ގޭންގު ކުށްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ.”ކުރީގެ ޤާނޫނުތަކުގެ ތަޖުރިބާއިން އައު ޤާނޫނު އެކުލަވާލާފައިވަނީ. ޚާއްސަކޮށް ޕްރޮސިކިޔުޝަންގެ ތެރޭގައާއި ކޯޓު މަރުހަލާގައި ހެކިންނަށް އޮތް ނުފޫޒާއި ބިރު ދެއްކުންފަދަ ތަޖުރިބާތަކާއެކީގައި މި ޤާނޫނު ގެނެވުނީ،” ނައުޝާދު ވިދާޅުވިއެވެ.އައު ޤާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅިގެންދާނެކަމަށާއި، އެކަށީގެންވާ ހެކި ލިބި ހައިކޯޓުން އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕަކުން ހިންގާ ކުށްތައް މުޅިއެކު ހުއްޓުވާލެވޭނެކަމަށް ނައުޝާދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނުޙައްޤުން މުއްސަނދިކަން ހޯދައިގެން އުޅޭ ފަރާތްތަކުގެ މުދާ ހޯދައި، އެފަދަ ފަރާތްތަކަށްވެސް އަދަބު ދެވޭނެއެވެ.މި ޤާނޫނުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި:- ޢުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާކުރެވޭނެ
– ކުށްތަކަށް މަޢާފު ނުދެވޭނެ
– ޕެރޯލްގެ ދަށުން އަދަބު ލުއި ނުކުރެވޭނެ
– އިޢުތިރާފުގެ އެއްބަސްވުމެއްގެ ހާލަތެއްގައި ޕީޖީން ހުށައަޅާ ލުއި އަދަބަށްވުރެ ލުއި އަދަބެއް ކޯޓަކަށްވެސް ކަނޑަނޭޅޭނެމި ޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށާއި، ކުޑަކުދިން ކުށްކުށަށް ހުށައަޅާ ފަރާތްތަކަށް އަދަބުދިނުމަށް އިތުރު ބާރެއް ލިބިގެންދާނެ ޤާނޫނެއްކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މި ޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށާއި، ކުޑަކުދިން ކުށްކުށަށް ހުށައަޅާ ފަރާތްތަކަށް އަދަބުދިނުމަށް އިތުރު ބާރެއް ލިބިގެންދާނެ ޤާނޫނެއްކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

