ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަފީގު އައްޔަނު ކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ހަމަވާތީ، އެ މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މުއްދަތު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މަގާމުގެއެވެ.
އެޗްއާރްސީއެމުން ހުސްވާ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅުންގެ ނަންތަކެވެ. އެގޮތުން އެމަނިކުފާނު ފޮނުއްވާފައިވަނީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

