މިދައުރުގައި ފެނާއި ނަރުދަމާ ވަޅުލެވި، މަގުތަށް ހެދި، ފްލެޓްތައް އުފުލެންފަށައި، ގޯތިތަކުގައި ގެދޮރު އަޅަންފަށާނެ ކަމަށް އެޑްވައިޒަރ ޓު ޔޫތް މިނިސްޓަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ނަރީޝް ވިދާޅުވީ ރަސްމާލޭގައި ގޯތިތަށް ހިކެންފަށައިފި ކަމަށާއި، ފަޅު އެއްގަމަށް ވާންފަށައިފި ކަމަށެވެ. އަދި މިދައުރުގައި ފެނާއި ނަރުދަމާގެ ހޮޅިތައް ބިމުއަޑީ ވަޅުލެވި، މަގުތަށް ހެދެންފެށި ފްލެޓްތައް އުފުލެންފަށައި ގޯތިތަކުގައި ގެދޮރު އަޅަންފަށާނެ ކަމަށެވެ.
އިތުރަށް ނަރީޝް ވިދާޅުވީ މަގުތައް ހަދަންފަށައި، ފްލެޓްތައް އުފުންފަށައި، ގެދޮރު އަޅަން ފެށުމުން ވެސް ގޮވެލިފަތި ގޮވާމީހުން ހޯއްގޮވަގޮވާ ތިބޭނެ ކަމަށެވެ. އަދި ކޮންކަމެއްހޭވީ ބުނެ %11 ޕަސެންޓޭ %16 ޕަސެންޓޭ ގޮވަ ގޮވާ ތިބޭނެ ކަމަށެވެ.
މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ހުރިހާ ކަމެއް ނިންމަވާ ވައުދު ފުއްދަވާނެ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

