ފ. ނިލަންދޫގައި މަސްތުވާތަކެއްޗ ދެކޮޅަށް ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކި ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން، މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ނިލަންދޫ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އަދި އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ނިލަންދޫން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން 4 މީހުން… ފޮޓޯ: ފުލުހުން
މި މައްސަކައިގައި ހައްޔަރުކޮށްފައިވާ 9 މީހުންނަކީ:
- އއ. ރަސްދޫ / ދޫގަސް، މުޙައްމަދު ވިސާލު (19އ)
- ލ. ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ)
- ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ)
- ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ)
- ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ)
- ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ)
- ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ)
- މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ)
- ފ. ނިލަންދޫ / ޝަބްނަމުގެ، މުޙައްމަދު މާނިޢު (19އ)
ފ. ނިލަންދޫ / ޝަބްނަމުގެ، މުޙައްމަދު މާނިޢު (19އ) އަކީ ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ބަނދަރުމަތިން މާނިޢު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިގެން ހައްޔަރުކޮށްފައިވާ މީހެކެވެ.

ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މާނިޢު… ފޮޓޯ: ފުލުހުން
މި މައްސަލައާއި ގުޅުގެން މާނިޢުއަށް ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ނިލަންދޫ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

