މިއަދުން ފެށިގެން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިފަދައިން ނިންމާފައިވަނީ މާލޭގެ މައި މަގުތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މަގުގެ އުތުރު ސަރަޙައްދު ބަންދުކުރަން ޖެހިފައިވާތީއެވެ.
އެމްޓީސީސީން ބުނީ، “ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭގެ ސަރަހައްދުން ފެށިގެން އިއްޒުއްދީން ޖެޓީއާއި ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން 18 އޮގަސްޓް އިން 13 އޮކްޓޫބަރުގެ ނިޔަލަށް އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އާރު 12 ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާ” ކަމަށެވެ.

