ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އިއުލާން ކޮށްފިއެވެ. މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެމްޓީސީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 27،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަ ކުރެވިފައެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 210 މީޓަރުގެ ސަރަހައްދެއްގައި ރޮކް އޭޕްރަން ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިންމާލެވިފައެވެ. އަދި މަޝްރޫއުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި ވަގުތީ އެނދުތައް ނެގުމާއި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަ ކުރެވިފައެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫއު ނިމުމާއެކު ހޯރަފުށީގައި ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

