ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އަދި ބޯޓު ފެނިފައިވާއިރު އެ ބޯޓުގައި 6 މީހުން ތިބި ކަމަށެވެ.
އެމްއެންޑީއެފުން ވުނީ ބޯޓު ފެނިފައިވަނީ ކ. ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން ކަމަށެވެ.
ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ވަދެ އެމްއެންޑީއެފްގެ ބެލުމުގެ ދަށައް ގެނެއެވެ.

