ްއއ. ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
މީގެ އިތުރުން، ތޮއްޑޫ ކައުންސިލުގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތޮއްޑޫގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.
ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

