އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވައިފިއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބޮޑުފޮދޫގައި ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ކޯޓުގެ ބިންގާ އަޅުވައުދެއްވާފައިވަނީ، މިނިސްޓަރް އޮފް ސްޕޯރޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު، މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު، ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އަދި އެމްޓީސީސީގެ ޑީސީޕީ ރިޓަޔަޑް އަހުމަދް ސައުދީއެވެ.
އަދި ބޮޑުފޮޅުދޫ ސްކޫލްގެ 5 ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފިއެވެ.
896 މީހުންގެ އާބާދީއެއް އޮންނަ ބޮފޮޅުދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. ރަށުގެ ރައްޔިތުން ގިނައިން ހަރަކާތްތެރިވަނީ ގެސްޓް ހައުސް ވިޔަފާރީގެ ތެރޭގައެވެ.

