އއ. ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވަނީ މިދިޔަ ޑިސެންބަރުމަހު އެރަށައް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އަށް މަސްދުވަސް ފަހުން ރައީސްގެ އެ ވައުދު ފުއްދަވައި މިހާރު މިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
މިދަތުރުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައެވެ.

ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސްއެވެ.

