އަބްދުއްރަހްމާން މަރާލި މައްސަލައިގައި ތިން މީހުން ހައްޔަރަށް!

މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮސް އޯކިޑުމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަޙުމާން އާދަމް މަރާލިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ވަނީ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުގެ ބައެއް ޑޭޓާތައްވެސް ނަގާފައެވެ.
އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
