އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ބްރާންޗު އަދި އޭޓީއެމް ހުޅުވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބްރާންޗު އަދި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޓީއެމް އަދި ބްރާންޗު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމުހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފައެވެ.
ޑޮލަރު އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮލަރު އޭޓީއެމުން ރަމްޒީކޮށް ފައިސާ ވެސް ވަނީ ނަންގަވާފައެވެ.

