"ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" އާރުޑިސީގެ ބޯޑު މެމްބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން، ޕީސީބީއިން އެކަން އިޢުލާންކުރީ މިއަދުއެވެ.
އާރްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ޝާމީ އަށް މަރުހަބާ ކިޔާފައެވެ. އަދި ކުންފުނި ހިންގުމުގައި ޝާމީގެ އިރުޝާދާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް އެ ކުނފުނިން ބުނެފައި ވެއެވެ.
މީގެ ކުރިންވެސް ޝާމީ ވަނި އާރުޑީސީގެ ޗެއަރމަންގެ މާޤާމު އަދާކޮށްފައެވެ.
ޝާމީ އަކީ ސޭފްޓީ އެންޑް ސެކިއުރިޓީ، ސްކޫބާ ޑައިވިން، ބޯޓް އޮޕަރޭޝަންސް އެންޑް މެނޭޖްމަންޓް، ފިޝަރީޒް މެނޭޖްމަންޓް، ރިސްކް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެއިނިން މެނޭޖްމަންޓް އަދި އޯވަރޯލް ބިޒްނަސް އެކްޓިވިޓީސް ބެލެހެއްޓުން ފަދަ ދާއިރާތަކުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

