ޖަޕާނުގެ މަގުބޫލް ޕަވަޓޫލް ބްރޭންޑު، މަކިޓާ އާއި އެސްޓީއޯގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި ވަނީ މަކިޓާގެ އޭޝިއާ ސަރަހައްދުގެ އިސް ވެރިންނާއި މަކިޓާ ޖަޕާނުގެ ވެރިންނާއެކު ހާއްސަ ހަފްލާއެއް ބާއްވައިފައެވެ.
އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޑިރެކްޓަރު މުހައްމަދު އީމާން ވިދާޅުވީ އެސްޓީއޯ އިން މަކިޓާއާ އެކު މަސައްކަތް ކުރާތާ 25 އަހަރު ވީއިރު އެ ބްރޭންޑަކީ ރާއްޖޭގައި އެއްވަނަ ޕަވަޓޫލް ބްރޭންޑު ކަމަށެވެ.

މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ އިންޓަނޭޝަނަލް ސޭލްސް ހެޑްކުއާޓާސް، ޖަޕާން އޮމޯޓޭ ޓަކާޝީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ 500އަށް ވުރެ ގިނަ މުވައްޒަފުންނަށް އަދި ރާއްޖޭގެ މަކިޓާގެ 1،000އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އެ ބްރޭންޑުގެ ޕަވަޓޫލްސް ބޭނުންކުރާ ގޮތުގެ ތަމްރީނު ދީފައިވާ ކަމަށެވެ.
މަކިޓާ އިން އަލަށް ރާއްޖެއަށް ތައާރަފްކުރި ޕަވަޓޫލްސް ދައްކާލައި، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަންތައް ވެސް ވަނީ ރޭގައި ދައްކާލައިފައެވެ.

