ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބާރު ސްޕީޑުގައި ކާރު ދުއްވި ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލައިފިއެވެ.
ހުޅުމާލޭގައި ފުލުހުންނަށް ފިލަން ބާރު ސްޕީޑުގައި ކާރުދުއްވި އުމުރުން 18 އަހަރުގެ އައިކް އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް ނެތެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައިކްގެ ބަންދާއި މެދު ގޮތެއް ނިންމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާކަމަށެވެ.
މި މައްސަލައިގައި، ކާރުގައި އެވަގުތު ހުރި އަންހެނެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ކާރުގެ ކުރީ ސީޓުގައި އިން އަންހެނެކެވެ.

