ޖަޕާނުގައި ތައުލީމް ހާސިލްކޮށް ނިންމައި، ރާއްޖެ އަންނަން މަދު ދުވަސްކޮޅެއް ވެފައިވަނިކޮށް ފޮރިން މިނިސްޓްރީގެ މުވައްޒަފަކު އެ ގައުމުގައި ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، އުމުރުން 29 އަހަރުގެ ލުޖައިނާ ތަސްނީމާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޖަޕާނަށް ދިޔައީ މާސްޓަރސް ފުރިހަމަ ކުރުމަށެވެ. އަދި ނިޔާވީ ކޯސް ނިންމުމަށްފަހު ރާއްޖެ އައުމުގެ ކުރިން ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވުމަށް ޖަޕާނުގައި މަޑުކޮށްގެން ހުއްޓާކަމަށް މައުލޫމާތުލިބެއެވެ.
އޭނާގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އެހެންވެ މަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ލުޖައިނާގެ މަރާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އޭނާއަކީ ވަރަށް ހުނަރުވެރި ފޮރިން ސާވިސް އޮފިސަރެއް ކަމަށެވެ.

