މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެމްޔޫ ސްޓޯރުން މިހާތަނަށް ހުޅުވި އެ ކުންފުނީގެ އެންމެ ބޮޑު ފިހާރަ “އެމްޔޫ ސްޓޯރު ސެންޓްރަލް” މަޖީދީ މަގުގައި ހުޅުވައިފިއެވެ. އެވިޑެންސް ފިހާރަ ކުރިމަތީގައި ހުޅުވާފައިވާ މި ފިހާރައަކީ ދެ ފަންގިފިލާއަށް ހުންނަ ޖާގަ ތަނަވަސް ފިހާރައެކެވެ.
މި ފިހާރައިގެ އެންމެ ތިރީ ފަންގިފިލާ ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ހޯލްސޭލް ކަސްޓަމަރުންނަށެވެ. މި ފިހާރައިން އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ބްރޭންޑެއްގެ އުފެއްދުންތަކާއި، އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.
“މާލޭގެ މެދުގައި އެމްޔޫ ސްޓޯރުގެ ބޮޑު ފިހާރައެއް ހުޅުވުމާއެކު، އެ ކުންފުނިން ރާއްޖެ އެތެރެކޮށް އެތައް ޕްރޮޑަކްޓްތަކެއް ފަސޭހަކަމާއެކު އާއްމު ރައްޔިތުންނަށާއި، ވިޔަފާރިތަކާއި، ރީޓެއިލް ކުދި ފިހާރަތަކަށްވެސް ލިބިގެން ދާނެ،” އެމްޔޫ ސްޓޯރު
އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ލެކްނޯ، އިންޑޯމިލްކް، އޮލިޓާލިއާ، ކިން، ޓޮޕް ޑިޓާޖެންޓް، ޕިޔަލޭ ޕާސްތާ، ޑޯފްސްޓޯރީ، ޓައިސަން، ބަންޑަރި، މެކް.ސީ އަދި ހެޕީ ޖޫސް ހިމެނެއެވެ.
40 އަހަރުގެ ތަޖުރިބާއާއެކު ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ އެމްޔޫ ސްޓޯރުން މިހާރު މާލެ އާއި ހުޅުމާލޭގައި ޖުމުލަ ހަތް އައުޓްލެޓް ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި ހުޅުމާލޭގެ ހިތިގަސް މަގު، ނިރޮޅު މަގު އަދި އަމީން އެވެނިއު ޓީކްގައި ހުންނަ އައުޓްލެޓްތަކާއި، މާލޭގެ ކެނދިގަސް ހިނގުމުގައި ހުންނަ އެމްޔޫ ސްޓޯރު ގުޑްސް މާޓް އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމް ސްޓޯރުގެ އައުޓްލެޓް ހިމެނެއެވެ.

