ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. މަކުނުދޫއަށް ވަޑައިގަންނެވުމުން އެރަށުގެ ކައުންސިލާއި މުއައްސަސާ ތަކުގެ އިސްވެރިންގެ އިތުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މި ދަތުރުފުޅުގައި، މަކުނުދޫ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވާނެއެވެ. އަދި މި ދަތުތުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާނެއެވެ.
މި ދަތުރުފުޅުގައި، ހދ.ގެ މީހުން ދިރިއުޅޭ 13 ރަށަށް އެ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

