ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް، އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް ވަނީ އިލްތިމާސް ކުރައްވާފައިވުމުން، ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫގައި 60 ރުއް އިންދައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވަނީ މި އިލްތިމާސް ފޮނުވާފައެވެ. މިއާއި އެކު، ރާއްޖޭގެ އެކި ރަށްތަކުގައި މިވަނީ ރުއް އިންދަން ފަށަފައެވެ.
ރާއްޖެއަަށް ދިމާވެފައިވާ ކާށީގެ ދަތިކަމުން އަރައިގަތުމަށް ރުއް އިންދާ އާލާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދިވެހި ރުކަކީ އޭގެ ބައިތަކާއި އޭގެން ލިބޭ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރުއް އިންދުމަކީ ވަރަށް މުހިންމުކަމެކެވެ.

