ކޮންމެވެސް މީހަކު ސަމާސާ ރާގަކަށް ބުނެފައިވެއެވެ. “ނިޔަރޮދި ނެއްޓުމަކީ ކަނޑޫދޫމިރުހެއް ރޮލާ ހަފައިގެން ކެއުން ފަދަ ކަމެކެވެ.”
އަނެކަކު ބުންޏެވެ. “ހަމަތެދެކެވެ. ނިޔަރޮދި ނެއްޓުމަކީ ރޯ ފާރުގަނޑެއްގައި ލޮނުމިރުސް އަޅައި އެމައްޗަށް ހޫނު ލޮނު އެޅުން ކަހަލަ ކަމެކެވެ،”
ނިޔަރޮދި ނެއްޓުމުގެ ވޭން ކުރު ގޮތަކަށް ބުނެދެން ހެއްޔެވެ. ދިލަނަގާ ތަނަކަށް ސްޕިރިޓް އަޅާލިޔަސް އެއަށްވުރެ ވޭން ކުޑަވާނެއެވެ. ކޮންމެއަކަސް ވަރަށް ކުޑަކުޑަ ހަންކޮޅެއް ނެއްޓީ، އަދި އިދިކީއްޔަށް އެހަންކޮޅު ދަމައި ނެއްޓިއްޖެނަމަ އެހެރަ ވާ ތޫނު ތަދަކީ ބުނެދޭން ފަސޭހަ ނޫން ވޭނެކެވެ.
ނިޔަފަތި އަކީ ކެރެޓިން ކިޔާ ޕްރޮޓީނަކުން އެކުލެވިގެންވާ ލެމިނޭޓެޑް ފަށަލަތަކެކެވެ. ދުޅަހެޔޮ ނިޔަފަތިތަކަކީ އޮމާންކޮށް، ވަޅުގަނޑު ނުވަތަ ގްރޫވްތަކެއް ނެތް، އަދި އެއް ކުލައެއްގައި ހުންނަ ނިޔަފަތިތަކެކެވެ. ނަމަވެސް ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ ނިޔަރޮދި ނެއްޓުމަކީ ދިމާވާ ކަމެކެވެ. ނިޔަރޮދި ނެއްޓުން މިއީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ހަމައެކަނި އާންމުު މައްސަލައެއްގެ ގޮތުގައި ބަލައިގެން ނިންމާލެވޭވަރަށްވުރެ ސަމާލުކަންވެސް ދޭން ޖެހޭ ކަމެކެވެ. އެއީ މިކަމުގެ ސަބަބުން އެތައް ސިއްޙީ މައްސަލަތަކެއް ދިމާވެދާނެތީއެވެ.
ނިޔަރޮދި ނެއްޓުމުގެ މައިގަނޑު ސަބަބުތައް
ނިޔަރޮދި ނެއްޓުމަށް މެދުވެރިވާ އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިކި ހަން، މޫސުމީ ބަދަލުތައް، އަދި ގަދަ ކެމިކަލް އެކުލެވޭ އުފެއްދުންތައް ބޭނުންކުރުން ހިމެނެއެވެ. މީގެއިތުރުން، ހަށިގަނޑުގައި ވިޓަމިން ބީ3 (ނިޔާސިން) އާއި ވިޓަމިން ބީ7 (ބަޔޮޓިން) މަދުވުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބުތަކެވެ.
ނިޔަފަތީގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް: ނިޔަފަތީގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ނިޔަފަތި ހިކި ސާފުކޮށް ބެހެއްޓުމެވެ. ގިނަ ވަގުތު ފެނާއި ކޮންޓެކްޓްވުމުން ނިޔަފަތި ފަޅައިގެން ދިއުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ތަށި ދޮވުމާއި ސާފުކުރުމުގެ މަސައްކަތް ކުރާއިރު ރަބަރު އަންގި އެޅުމަކީ މުހިންމު ކަމެކެވެ
ގޭގައި ދެވިދާނެ ފަރުވާތައް؛ ނިޔަރޮދި ނެއްޓުމަށް ގޭގައި ދެވިދާނެ ގިނަ ފަރުވާތަކެއް ވެއެވެ. މީގެ ތެރޭގައި:
- މާމުއި ބޭނުންކުރުން
- ޕެޓްރޯލިއަމް ޖެލީ އުނގުޅުން
- ގުދުރަތީ ތެޔޮތައް (ބަދަން ތެޔޮ، ޒައިތޫނި ތެޔޮ، ކާށިތެޔޮ) ބޭނުންކުރުން
- ޝީ ބަޓަރ އަދި ކޮކޯ ބަޓަރ ފަދަ މޮއިސްޗަރައިޒަރތައް ބޭނުންކުރުން
ނިޔަރޮދި ނެއްޓުން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި
- ހޫނު ފެނުން ގިނައިން ފެންވެރުން މަދުކުރުމާއި،
- ގަދަ ކެމިކަލް އެކުލެވޭ ސައިބޯނި ބޭނުންކުރުން މަދުކުރުން
- ހަށިގަނޑަށް ބޭނުންވާ ވިޓަމިންތައް ހިމެނޭ ކާނާ ބޭނުންކުރުމާއި،
- ގިނައިން ފެންބުއިން މުހިންމު
ނިޔަރޮދި ނެއްޓުމަކީ ފަރުވާ ނުކޮށްފިނަމަ އިންފެކްޝަން ޖެހުމުގެ ނުރައްކާ އޮތް ކަމެކެވެ. އެހެންކަމުން، މިކަމަށް އަވަސް ފަރުވާއެއް ހޯދުމާއި، ގޭގައި ދެވެން ހުރި ފަރުވާތައް ދިނުން މުހިންމެވެ. އަދި ގޭގައި ދެވޭ ފަރުވާތަކުން ނަތީޖާ ނުފެންނަނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ނިޔަފަތި ބެލެހެއްޓުމުގައި މޮއިސްޗަރައިޒަރ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަތުގެ ލޯޝަން ބޭނުންކުރާއިރު ނިޔަފަތިތަކާއި ކިއުޓިކަލްގައި ވެސް އުނގުޅަން ޖެހެއެވެ. އަދި ނިޔަފަތީގެ ސިއްހަތު ރަނގަޅު ކުރުމަށް ބަޔޮޓިން ފަދަ ސަޕްލިމެންޓްތައް ބޭނުންކުރުމާ މެދު ޑޮކްޓަރެއްގެ ލަފާ ހޯދިދާނެއެވެ.
ސަމާލުވެ ނުކުރަންޖެހޭ ކަންތައްތައް؛\ ނިޔަފަތީގެ ސިއްހަތު ހިފެހެއްޓުމަށްޓަކައި ބައެއް ކަންތައްތައް ކުރުމުން ދުރުހެލިވާން ޖެހެއެވެ. މީގެ ތެރޭގައި ދަތުން ނިޔަފަތި ކެއުމާއި، ނިޔަރޮދި ކަނޑައިގެން ދިއުމުން ދަތުން ނައްޓަން މަސައްކަތްކުރުން ހިމެނެއެވެ. އަދި ގަދަފަދަ ކެމިކަލް ހުންނަ ޕްރޮޑަކްޓްތައް ގިނައިން ބޭނުންކުރުމަކީވެސް ދުރުވާން ޖެހޭ ކަމެކެވެ.

