ހދ. ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް މިއަދު އިފްތިތާޙުކޮށްފިއެވެ.
މިޚިދުމަތް އިފްތިތާޙު ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅިގެން، އެރަށު ކައުންސިލަށް ބީއެމްއެލްގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. ފިލާ ކުރިނބީ ކައުންސިލާ ޙަވާލުކޮށްދެއްވީ، ރައީސްއެވެ.
ރައީސްގެ ފަލްސަފާ އަކީ، ޟަރޫރީ މިފަދަ ޚިދުމަތްތައް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބެން ހުރުމެވެ.

