ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ މިއަދު ހަ ވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ،
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް )ރިޓަޔަރޑް( އަޙުމަދު ސަޢުދީއެވ.ެ އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި
ސޮއިކުރެއްވީ ، އޮނަރަބަލް މިނިސްޓަރ ޢަބްދުالله ނާޡިމް އިބްރާހީމްއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައ،ި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެކި މުޢައްސަސާތަކުގެ އިސްވެރިން ނާއި އެމްޓީސީސީގެ ވެރީންނާއި ކުރިނބީ ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
765 މީހުންގެ އާބާދީއެއް އޮންނަ ކުރިނބީ ރައްޔިތުންނަށްޓަކައި މި ފެށިގެންދާ މަޝްރޫޢުގެ މަސައްކަތް ފުރިހަމަވުމާއެކ،ު އެ ރަށުން
ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވ،ެ މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެއެވ.ެ އަދި މިކަމުގެ
ސަބަބުން އެ ރަށުގެ ރައްޔިތުން ޞިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވ،ެ އެކަމާ ގުޅިގެން ކުރަން
ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއ،ި މޭ ޝަނަރ،ީ ކޮންކްރީޓް މަސައްކަތް ކުރުމާއ،ި
ޓައިލްސް ޖެހުމާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް
މަސައްކަތާއ،ި ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއ،ި
އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވ.ެ މި މަޝްރޫއަކީ 12.53 މިލިއަން ރުފިޔާއަށ،ް 300 ދުވަސްތެރޭ
ނިންމު މަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި
ކާމިޔާބުކަމާއިއެކު ނިންމައިފައެވ.ެ 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވ.ެ
މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިއްމު
ދައުރެއް އަދާކޮށްފައެވެ.

