ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ، އުތުރުގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ށ އަތޮޅާއި ހަމައަށް މިރޭގެ 21:00 ގެ ނިޔަލަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ވަނީ ގޯސްވެފައެވެ.

