އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި މިހާތަނަށް ޖުމްލަ 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ:
- އއ.މާޅޮސް/ ލީލީފެހި، މުހައްމަދު ވިޝާމް (22އ)
- އއ.މާޅޮސް/ ފިޔަ، އަހުމަދު އާޝިދު (27އ)
- އއ.މާޅޮސް/ ފިނިވާގޭ، އަހުމަދު ފާރިސް (27އ)
ދަންވަރު ގޭގައި ނިދާފައި އޮއްވައި ބޮލަށް އަނިޔާކޮށްް މަރާލާފައި އޮއްވައި ފެނުނު އއ. މާޅޮސް އަބްދުއްރަހުމާން މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ހެދި އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

