މި ދެ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މެޓުން ވަނީ އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ތީ ހުދު ސަމާލު ނެރެފައެވެ.
މެޓުން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އަދި އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން މެންދުރު ފަހު 01:00 ހާހަމައަށްށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

