ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި މަހުގެ 27 ވަނަ ދުވަހުުގެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ދަތުރުކުރި ކާރު ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަނީ އެމީހާ ދަތުރުކުރި ޓެކްސީ ހޯދާފައެވެ.
އަދި ކާރު ތެރެއަށް ދޫކޮށްލެވުނު ދަބަހާއި ދަބަސް ތެރޭގައި އޮތް 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

