ޤައުމީ ދުވަސް، ށ. އަތޮޅުން އަތޮޅު ފެންވަރުގައި ށ. ބިލެތްފަހީގައި ފާހަގަ ކުރަން ފަށައިފިއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާވަނީ ބިލެެތްފައްސަށް ވަނީ ވަޑައިގެންފައެވެ.
އަދި ބިލެތްފަހީގެ ރައްޔިތުން ވަނީ މި ހަރަކާތްތަކުގައި ބައިވެރިވުމަށް ވަޑައިގެންނެވި މެހެމާނުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބިލެތްފަހީގައި ވަނީ ޤައުމީ ދުވަހާއި ގުޅުވައިގެން ޚާއްސަ ސަގާފީ ހަވީރެއް ބާއްވާފައެވެ. މި ހަރާކުގައި ވަޒީރުންނާއި ކައުސިލަރުންނާއި ރަށުގެ ކުދި ބޮޑު އެންމެ ވަނީ ބައިވެރިވެފައެވެ.

