މެލޭޝިޔާ ފުލުހުން ތަޙުޤީޤު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިކަން މިއަދު ހާމަކުރީ ދިވެހި ފުލުހުންނެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ޢަބްދުލް ބާތީން މުޙައްމަދު މުސްތަފާ ކިޔާ ޒުވާނެއް ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރެވުނު މައްސަލައިގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
“މެލޭޝިޔާ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާކަން އަޅުގަނޑުމެންނަށް ކަށަވަރުވެފައިވޭ،” ފުލުހުން ބުންޏެވެ.
ބާތީންގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް އަންނަނީ ތަހުޤީޤުކުރަމުންނެވެ.

