ހަނދާން އާވެ އާލާކޮށްދޭ އެންމެ ބޮޑު އެކައްޗަކީ ވަހެވެ. ޚާއްސަކޮށް ހަޔާތުގެ އެކިއެކި ހަނދާންތަކާ ގުޅިފައި ހުންނަ މީރުވަސްވަހަކީ އެވަހެއް ކިތަންމެ ޒަމާނަކަށްފަހު ނޭފަތުގައި ޖެހުނަސް އޭގެ އަސަރު އިންސާނާގެ ހަވަނަ ޙިއްސު ހޭލައްވާލާ ޖާދޫއެއް ފަދަ އެއްޗެކެވެ. އަމުދުން ތިމާއަށް ވަރަށްވެސް މުހިންމު މީހަކު އެއްކަލަ ދުވަހު ދިން ހަދިޔާގެ ވަސް އޭގެ އަހަރުތަކެއް ފަހުން ނޭފަތުގައި ޖެހުމުން ކުރެވޭ އިހުސާސް އެއީ ގަލަމަކުން ބަޔާންކޮށްދެވޭނެ ކަމެއް ނޫނެވެ. ހަމައެހެންމެ ތިމާގެ ހަނދާން އަނެކާގެ ހިތާއި ސިކުނޑީގައި ހަރުލެއްވުމަށްޓަކައިވެސް މިފަދަ ވަސްތަކުގެ ދައުރު ވަރަށް ބޮޑެވެ.
މީރުވަހޭ ބުނުމުން އެންމެފުރަތަަމަވެސް ހިތަށް އަންނަނީ ހިނިތުންވުމެކެވެ. އެވެސް ފޮނި ހިނިތުންވުމެކެވެ. އަމުދުން އޮންލައިން ބާޒާރަށް ދާދި ކައިރި މާޒީއެއްގައި ތައާރަފުވި "ސްވީޓް ސްމައިލް"، އޭގެ ނަމާ އެއްވަރަށް ވަސްވެސް ދުރަށް ފަތުރާލަދޭ ފޮނި ހިނިތުންވުމެކޭ ބުނުމަކުން ގޯހެއް ނެތްތާއެވެ. އިއްޔެ ގާތް މިތުރަކު އޭނާގެ ޙަޔާތުގެ އެންމެ ޚާއްސަ އިންސާނާއަށް ދޭން ހަދިޔާއެއް ގަންނަން ގަސްދު ކުރީ ސްވީޓް ސްމައިލް އިންނެވެ. އަޅުގަނޑު އަހާލީ ސަބަބެވެ.
"ބުނާކަށް މިއީ ތަނަކީ، ޔަގީނުންވެސް މަގޭ ޖީބަކަށް އެހާ ބާރެއް ނުކުރާނެ، އަމުދުން އެއުޅެނީ ސެޕްޓެމްބަރ 20 އާ ހަމައަށް ޕްރޮމޯޝަނެއް ހުޅުވާލައިގެން ވީމަ، އެހެންވީމަވެސް މަގޭ ލޯބި އެންމެ ލޯބި ވެސް އެހާ އުފާވާނެ،" ރަޙްމަތްތެރިޔާ ހިނިތުންވެފައި އިންސްޓަގްރާމުން ޕޭޖުހުޅުވާލައިގެން ސްކްރޯލް ކުރަމުން ގޮސް ހުއްޓާލީ "ގޯޖަސް އޯކިޑް" ނަމުގެ ފުޅިއާ ހަމައިންނެވެ. އެހިސާބުން އެއީ ދެވަނަ އެހެން މީހެއް ނޫންކަމާއި މިތުރާ އޭނާގެ "މަންމައަށް ދޭން،" ހިޔާރު ކުރި ސެންޓުފުޅިއެއްކަން އެނގުނެވެ. ނަމާ އެކަށީގެންވާ ގޮތުގެ މަތިންނެވެ. "މިހާރު ދެން އަލަށް ގެނަަައި 56 ވައްތަރުން ވައްތަރެއްވެސް ގެންނަންް ވާނެތާ، އަހަރެންގެ ބެސްޓީއަށް ދޭން، ކަމުދާނެ ދޯ؟"
ހައިރާންވެފައި އަލަށް ގެނައި 56 ވައްތަރުހޭ އަހާލެވުނެވެ. މިހާވަރަށް "އެފޮނި ހިނިތުންވުމުގެ"ވާހަކަ ދެކެވުމުން ދެން އޭގެ ތަފުސީލު ހޯދާ ނުލާ ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން މައުލޫމާތުތައް ހޯދައި އޮޅުންފިލުވައި ދޮގާއި ތެދު ބަލައި ޔަގީންކޮށްފައި މިގެނެސްދެނީ ސްވީޓްސްމައިލްގެ އެންމެފަހުގެ އަދާހަމަ އެވެ.
އާއެކެވެ. ސްވީޓް ސްމައިލްއިން މުޅިން އަލަށް ގެނައި 56 ވައްތަރާއެކު ޖުމުލަ 100 ވައްތަރުގެ ސެންޓު އެހެރީ ޕޭޖުން ފެންނާށެވެ. މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްވީޓްސްމައިލް ގެނައި ވަަރަށް ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ. ބޭނުން ވައްތަރެއްގެ ވަހެއް އެހެރީ އަތްފޯރާ އަގުގައި ލިބޭށެވެ.
އޮންލައިން ޚިދުމަތުގެ ފަސޭހަކަން
ސްވީޓް ސްމައިލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚާއްޞަކަމަކީ އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދިނުމެވެ. ގޭގައި ތިބެގެން ސެންޓު އޯޑަރުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި އެ ސެންޓު އަތަށް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ޚާއްޞަކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ނައިސް ސެންޓު ގަތުމުގެ ފުރުޞަތު މިހާރު ސްވީޓް ސްމައިލް އިން އެވަނީ ހުޅުވާލާފައެވެ.
ފޭސްބުކް އަދި އިންސްޓަގްރާމްގައި ކުރިއަރަމުން އަންނަ "ސްވީޓް ސްމައިލް"ގެ ސެންޓުތައް މިހާރު ދަނީ ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައިވެސް މަގުބޫލުވަމުންނެވެ، ހަމައެހެންމެ މެދުއުމުރުގެ މީހުންގެ މެދުގައިވެސް މިހާރު ވަރަށްވެސް ހިނގާ ސެންޓުތަކެއް ލިބޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
"ބެސްޓް އޮޕްޝަން ހަމަ، މިހާރު އަމުދުން ރަށުގައިހުރީތީ، މާލެއިން ސެންޓުފުޅިި ބަލައިދާނެ މީހެއް ނެތިގެން ނުލިބިފަ ހުންނާކަށް ނުޖެހޭނެ، ފްލައިޓުތަކަށް ކާގޯ ކޮށްދޭ،" ދެކުނުގެ ރަށެއްގެ އަންހެންކުއްޖަކު ބުންޏެވެ. "އައިމްއަ ޕާފިއުމްލަވަރ، އަސްލަށްވެސް، ސްވީޓްސްމައިލް ނަމެކޭ އެއްގޮތް، ބޯއިފްރެންޑުގެ ބާތުޑޭއަށް އެންމެ ބޭނުންވިވައްތަރު ލިބުނީ އެތަނުން، އުފާވާނެ ދޯ، އެހާ އަގުވެސްޖީބަށް ލުއިވީމަ، އަހަރެމެންގެ ގުޅުންވެސް ސަޅިވިއޭ ބުނެވޭނީ،"
އެ އަންހެންކުއްޖާ އިތުރަށްވެސް ކިޔައިދިނެވެ. "ދުނިޔޭގެ މަގުބޫލު ބްރޭންޑުތައް އެބަހުރި، ކޮލިޓީ ކޮލިފައިޑް އޮއިލްގައި ތައްޔާރުކޮށްފައި ހުންނަނީ، އަޅުގަނޑު ބުނާނީ ސްވީޓް ސްމައިލް ހަމަ ބެސްޓް އޭ. އަމުދުން މިފަހަރު އެހުޅުވާލާފައި އޮތީނު ޕްރޮމޯޝަނެއްވެސް، ޔަގީން މިފަހަރުގެ މުސާރަ ލިބޭދުވަހު ގުޅާނަން، އަސްލު ކުޑަ ހަރަދަކުން ބޮޑުއުފަލެއް ލިބެންޏާ އަމުދުން ގޭގައި އިނދެގެން ލިބެންޏާ ކިހާ އުފާވެރި،" ސެންޓު ގަތުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށް ބުނަމުން ޒުވާން އަންހެންކުއްޖަކު ސްވީޓް ސްމައިލް އާ ބެހޭ ގޮތުން އޭނާގެ ހިޔާލު ކިޔައިދިނެވެ.
އަގު އަތްފޯރާ ފަށުގައި،
ސްވީޓް ސްމައިލްގެ އަނެއް މުހިންމު ޚާއްޞަކަމަކީ އެކަށީގެންވާ އަގުތަކެއްގައި އެންމެ މަތީ ފެންވަރުގެ ސެންޓު ފޯރުކޮށްދިނުމެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ކޮލިޓީ ކޮލިފައިޑް އޮއިލް ބޭނުންކޮށްގެން ތައްޔާރުކުރާ މި ސެންޓުތައް އާންމު ރައްޔިތުންނަށް ގަނެވޭވަރުގެ އަގުތަކެއްގައި ލިބެން ހުންނަ ކަމީ ވަރަށްވެސް އުފާވެރިކަމެއްކަން ގައިމެވެ.
ސްވީޓްސްމައިލް ޕޭޖު ހިންގާ ފަރާތާ ސުވާލުކޮށްލުމުން ޕްރޮމޯޝަނާއި އަލަށް ގެނައި ސެންޓުތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރުކޮށްދިނެވެ.
ސެޕްޓެމްބަރު 20 އާ ހަމައަށް ސްވީޓް ސްމައިލްއިން ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ތަޢާރަފު ކޮށްފައެވެ. ކޮންމެ ވައްތަރަކުންވެސް %20 އާ ހަމައަށް ޑިސްކައުންޓެއް، މި އޮގަސްޓް 20 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 20 އާ ހަމައަށް މިވަނީ ކަނޑައަޅާފައެވެ.
ހަމައެހެންމެ މުޅިން އައު 56 ވައްތަރެއްގެ ސެންޓު ވެސް ލިބެންހުންނާނެއެވެ. މިއީ ކަސްޓަމަރުންނަށް އިތުރު ޗޮއިސްތަކެއް ލިބިގެންދާނެ ކަމެކެވެ.
އަމުދުން މާލެއިން ހަވާލުވާނެ މީހަކު ނެތިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެއާޕޯޓުތަކަށް ކާގޯ ކޮށްދޭކަމަށް ސްވީޓް ސްމައިލް އިން ވަނީ ހާމަކޮށްފައެވެ.
ހަމައެހެންމެ ހޯލްސޭލްކޮށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. ކޮންމެ ވަގުތަކުވެސް ގުޅާލަންވީއެވެ. ތިޔަ ހުރިހާ ބޭފުޅުންގެ ޚިދުމަތުގައި، ސްވީޓް ސްމައިލް އެހެރީ ތައްޔާރަށެވެ.
ގިނަ ކަސްޓަމަރުން ފާހަގަކުރާ ގޮތުގައި ސްވީޓް ސްމައިލްގެ ސެންޓުތަކަކީ ދެމިހުންނަ، ދިގު މުއްދަތަކަށް ވަސް ނުކެނޑި ހުންނަ ސެންޓުތަކެކެވެ. "އެއްފަހަރު ޖަހާ ސެންޓު ހެދުން ދޮވެގެން ލާއިރުވެސް އެބަހުރޭ،" މިއީ އެންމެ ގިނަބަޔަކު ދިން ކޮމެންޓެވެ. ހަމައެހެންމެ މިއީ ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ވަރަށް ކަމުދާ ސެންޓުތަކެއްކަން ގިނަ ބަޔަކު ވަނީ ހާމަ ކޮށްފައެވެ.
ކޮލިޓީގެ ޔަޤީންކަން
ސްވީޓްސްމައިލް. އިން ދޭ އެންމެ މުހިންމު އެއް ޔަޤީންކަމަކީ އެތަނުން ވިއްކާ ހުރިހާ ސެންޓަކީ ވެސް އެންމެ މަތީ ފެންވަރުގެ އޮއިލްތަކުން އުފައްދާފައިވާ ސެންޓުތަކެއް ކަމުގެ ޔަޤީންކަމެވެ. މި ސެންޓުތަކުގެ ވަސް ދެމިހުންނަ މުއްދަތާއި، ކޮލިޓީއާމެދު އެއްވެސް ކަހަލަ ޝައްކެއް ނުކުރަންޖެހޭ ކަމަށް ވެސް އެފަރާތުން ޔަޤީންކަން ދެއެވެ.
ސްވީޓްސްމައިލް.އަކީ ދިވެހި ސެންޓުގެ މާކެޓަށް އައިސްފައިވާ އައު އުއްމީދެކެވެ. އަގުހެޔޮ، ފެންވަރު ރަނގަޅު އަދި ފަސޭހައިން ލިބެންހުރި ސެންޓުތަކަކާއެކު، މި ވިޔަފާރިން ވަނީ ކަސްޓަމަރުންގެ މެދުގައި ޚާއްޞަ މަޤާމެއް ހޯދާފައެވެ. ގޭގައި ތިބެގެން ސެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ސްވީޓްސްމައިލް. މިއީހަމައެއްވަނައިގެ އެހީތެރިޔާ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މީރު ވަހަކީ ރޫހު ތާޒާކޮށްލަދޭ އަރާމަކަށް ވާއިރު އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ހޭދައެއް ކޮށްލުމަކީ ލިބޭ އުފަލަކާއި ދިރިއުޅުމަށް ލިބޭ ކުރިއެރުމެކެވެ. އަދި ގުޅުންތައް ބަދަހިކޮށްދޭނެ އާބާރެއްވެސް ލިބިދޭނެކަން ޔަގީނެވެ.
އެހެންކަމުން ހަމަޖެހިލައިގެން އަވަހަށް ސްވީޓްސްމައިލްގެ ޕޭޖު ހުޅުވާލާށެވެ. އަދި މިފެށޭ ސެޕްޓެމްބަރު މަހުގެ ނަސީބުގެ އަޖުމަވެސް ބަލައިލާށެވެ. އަދި ލޯބިވާ މީހުން ދެކެ ލޯބިވާވާހަކަ އާއި އެއީ ތިމާއަށް ކިހާ އަގުބޮޑު ގުޅުމެއްކަން ބުނެދިނުމަށް މީރުވަހެއް ހަދިޔާކޮށްލާށެވެ.
ޔަގީނުންވެސް ސްވީޓްސްމައިލް. އިން ތިޔަ ހިޔާރު ކުރި މީރުވަހާއެކީ ފޮނި ހިނިތުންވުމެއް ލިބޭނެއެވެ.






