ގދ ތިނަދޫއިން މީހުން ބޭލުމަށްފަހު އަލުން މީހުން އާބާދުވާން ފެށިތާ 59 އަހަރު ފުރުން ހަވާ އެރުވުމާ އެކު ބޮޑު ޙަފްލާއެއް ބާއްވައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ހުރިހާ އިންތިޒާމެއް ކޮށް ސިޓީ ސްޓޭޑިއަމްގައި ރޭ ކުރިޔަށް ގެންދިޔަ ޚާއްޞަ ޙަފްލާގައި 1962 ވަނަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު އަނިޔާވެރި ކަމާ ލާއިންސާނީ ކޮށް ރަށުގެ ހުރިހާ ރައްޔިތުން ރަށުން ބޭ ލުވި ޙާދިސާ އާއި ރަށުން ފޭބުމަށް ފަހު ރައްޔިތުން އުޅުނު ހާލު އަދި އަލުން ރަށަށް އާބާދުވުމާއި ފާއިތުވި 59 އަހަރުގެ މުއްދަތުގައި ލިބުން ތަރައްޤީ ދައްކަވައިދޭ ވީޑިއޯ ލަވައެއް ދައްކާލުމުގެ އިތުރުން ރަށުގެ އެހާރާއި މިހާރުގެ ވާހަކަތައް ސައްލާއެއްގެ ގޮތުގައި ހުށަހަޅައިފައިވެއެވެ.
ވަރަށް ގިނަ އަދަދަކަށް މީހުން ހާޒިރުވި ރޭގެ ހަފްލާ ގައި 3 މިނެޓު ވަންދެން ހަވާ އަރުވާފައިވެއެވެ.

