ހުރިހާ ދިވެހީންގެ އިންތިޒާރުތަކަށް ނިމުމެއް ލިބޭ ދިވެހި ފިލްމު “ކަނބުލޮ” މިރޭ ޕްރީމިއާ ކުރަން ތައްޔާރުވާން ފަށައިފިއެވެ.
އޮލިމްޕަހުގައި މިރޭ ރިލީސް ކުރުމަށް ހަމަ ޖެހިފައިވާ ފިލްމު ކަނބުލޮގެ 90 އަށްވުރެ ގިނަ ރަށުގައި ފިލްމު ދައްކާނެ ދުވަސް ކަނޑައަޅައި އިއުލާނުކޮށްފައިވާއިރު، މި ފިލްމުގެ ޓްރެއިލަރ ބަލާލުމާއި އެކު، ފިލްމް ބަލާލަން އޮތް ޝައުގުވެރިކަން އިތުރުވެގެން ދެއެވެ.
“ކަނބުލޮ” އަކީ މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުމުން، އެ ކުދިން ތަހައްމަލު ކުރާ ވޭނުގެ މައްޗަށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން އުފައްދާ ފިލްމެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ކަނބުލޮ” އަކީ އަކީ 2009 ގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ “ޔުކްތާ” އަށް ބިނާކޮށް އަލީ ޝާނީޒްގެ “ސެޓާން ސްޓޫޑިއޯ” އާއި ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ،
ކަނބުލޮ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7458800 އެވެ.
މި ފިލްމަކީ ހިތްދަތި އެހެނަސް ތަދު، ތެދުގެ ވާހަކަ އެ ފިލްމަކުން ވަރަށް ރަނގަޅަށް ތަސައްވުރު ވެގެންދާނެ ފިލްމެކެވެ.

