އަސްކަރީ ޚިދުމަތުގައި 37 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.
މިކަމަށްޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެމްއެންޑީއެފުން ދޭ ސިޓީއާއި، އިޚްލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ނަޝީދަށް ހަވާލުކޮށްދެއްވައިފައެވެ. އަދި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.

37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔަރ ކުރެއްވުން… ފޮޓޯ: އެމްއެންޑީއެފް
ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގައެވެ.
އުމުރުން 60 އަހަރުގައި އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު އިއްޔެ ރިޓަޔާކުރެއްވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓުގެ ޑައިރެކްޓާ ޖެނެރަލް އަދި އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމުގައެވެ.
ނަަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އޭނާ ވަނީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމާއި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމު ފުރުއްވައިފަ އެވެ. މީގެ އިތުރުން ކޮމާންޑިން އޮފިސަރުގެ މަގާމާއި ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރެއްގެ މަގާމް ވެސް ފުރުއްވެވި އެވެ. ދެން އޭނާ ފުރުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު އަދި ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމެވެ.
ރިޓަޔަރ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނަޝީދުގެ 37 އަހަރުގެ ސިފައިންގެ ޚިދުމަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނަޝީދުގެ އަސްކަރީ ޚިދުމަތުގެ ސައިޓޭޝަންއެއް އިއްވެވިއެވެ.

