ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހަކު އއ. އުކުޅަހުން ހައްޔަރުކޮށް، ފަހުން ވަނީ ދޫކޮށްލާ ފައިވާއިރު، އޭނާގެ ބައްޕަ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ ރޭ ހިނގި ހާދިސާއާ ގުޅިގެން ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. އެކަމަކު އެ މީހާ އަށް ސީރިއަސް ގެއްލުމެއް ނުވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައު ބައްޕަ އަށް ހަމަލާ ދިނީ ނަފުސާނީ މައްސަލަތަކެއް ހުންނަ 26 އަހަރުގެ ޒުވާނެކެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:20 އެހާކަށްހާ އިރުއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

