ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރަމުންދިޔަ “ކޮލަމާ ބޯޓު” ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
ގެއްލިގެން ހޯދަނީ ގއ. ކޮލަމާފުށީގައި ދުއްވާ “ކޮލަމާ” ބޯޓެވެ.
ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް ލ. އަތޮޅުން ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ ބޯޓާ ގުޅޭ އެއްވެސް ޚަބަރެއް ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ 191 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

