"ކަނބުލޮ" ފިލްމްގެ ވާހަކަ "ޔުކްތާ" މިހާރު އޮލިމްޕަސް ކައުންޓަރުން ލިބެންހުންނާނެ ކަމަށް ސެޓާން ސްޓޫޑިއޯ އިން ބުނެފިއެވެ.
މިއީ މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުމުން، އެ ކުދިން ތަހައްމަލު ކުރާ ވޭނުގެ މައްޗަށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން އުފައްދާފައިވާ ވަރަށް އަސަރުގަދަ ފިލްމެކެވެ.
"ކަނބުލޮ" ރޭ ވަނީ ޕްރީމިއާ ކޮށްފައެވެ. މި ފިލްމު ޕްރީމިއާ ކުރީ ކުލަގަދަ ރެޑް ކާޕެޓް އިވެންޓަކާ ވެސް އެކީގައެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަނބުލޮ" އަކީ އަކީ 2009 ގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ކަނބުލޮ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
މިދިޔަ އަހަރު ނެރުނު "ކަމަނާ" ފިލްމު ޕްރޮޑިއުސްކުރާ ހުސައިން މުނައްވަރުގެ "ކިޑް ޕްރޮޑަކްޝަން" އާއި "ސެޓާން ސްޓޫޑިއޯ" ހުށަހަޅައިދޭ މި ފިލްމުގައި ބުނެދެނީ އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން ގޭތެރޭ ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރާ ގޯނާތަކެވެ.

