ތިނަދޫ ސިޓީ ކުނިގޮޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
"މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް" އެމްއެންޑީއެފުން ބުނީ ތިނަދޫ ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ތިނަދޫ ސިޓީ ކުނިގޮޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސިފައިން ހަރަކާތްތެރިވަނީ.. ފޮޓޯ: އެމްއެންޑީއެފް
މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 04:50 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަދި ވެސް އަލިފާން ނިއްވާލެވިފައިވާ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

